އެޑްވާންސް ވޫންޑުކެއަރ މެނޭޖެމެންޓް ވޯކްޝޮޕެއް އައްޑޫ ސިޓީ ހިތަދޫގައި ބާއްވައިފިއެވެ. މިމަހުގެ 14 އިން 15 އަށް ބޭއްވި ވޯކްޝޮޕް ކުރިއަށް ގެންދިޔައީ ހިތަދޫގައި ހުންނަ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ކެމްޕަހުގައެވެ.
މިއީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ހެލްތު މިނިސްޓްރީއާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ސާޖަންސް ގުޅިގެން ބޭއްވި ވޯކްޝޮޕެކެވެ.
ވޯކުޝޮޕުގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި، އައްޑޫސިޓީ އަވަށްތަކުގެ ސިއްހީ މަރުކަޒުތަކާއި، ފުވައްމުލަކު އަތޮޅު ހޮސްޕިޓަލާއި، އައިއެމްޑީސީއާއި، ދަމަނަވެއްޓާއި އެއިމްސް ކުލިނިކުން ޖުމްލަ 45 މީހުން ބައިވެރިވިއެވެ. މި ވޯކްޝޮޕް ފަށްޓަވައި ދެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމެވެ.
ވޯކްޝޮޕުގައި މައުލޫމާތު ދެއްވީ އައިޖީއެމްއެޗުގެ ސާޖަނުންނެވެ.