ދިވެހިރެޑުކުރެސެންޓުން ހިތަދޫ ހަންކެޑެ ސާފުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
ދިވެހިރެޑުކުރެސެންޓުން ހިތަދޫ ހަންކެޑެ ސާފުކޮށްފި
ދިވެހިރެޑުކުރެސެންޓު ސ.ގޮފީގެ ހިތަދޫ ޔުނިޓުން ހަންކެޑެ ސަރަހައްދު ސާފުކޮށްފިއެވެ. މި މަސައްކަތުގައި އެ ޔުނިޓުގެ ގިނައަދަދެއްގެ ވޮލަންޓިއަރުންވަނީ ބައިވެރިވެފައެވެ.

މިއީ އައްޑޫސިޓީ ސާފުކޮށް ބޭއްވުމަށް ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދި ހަރަކާތެކެވެ. ހަންކެޑެ ސަރަހައްދަކީ ވަރަށްގިނަ މީހުން ޕިކްނިކް ގޮސްއުޅޭސަރަހައްދެކެވެ. މީގެ ކުރިން އެ ޔުނިޓުންވަނީ ހިތަދޫ މާކިޅި ސަރަހައްދުގައި ސިޓީކައުންސިލުން ހަދައިފައިވާ މާކިޅި ފިނިމައިޒާން ޕާކުވެސް ސާފުކޮށްފައެވެ.

އެ ޔުނިޓުން މިހާރު ރާވާފައިވަނީ މޫސުން ގޯސްނުވާ ކަމަށްވާނަމަ ކޮންމެ ހުކުރުދުވަހަކު ކޮންމެވެސް ތަނެއް ސާފުކުރުމަށެވެ. ކުރިއަށްއޮތް ތަނުގައި އައްޑޫސިޓީގެ އެހެން އަވަށްތަކުގައިވެސް ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދާނެއެވެ. މިހަރަކާތްތަކަށް އައްޑޫސިޓީ ކައުންސިލުގެ އެހީތެރިކަން ވަރަށްބޮޑަށް ލިބޭ ކަމަށް ދިވެހިރެޑުކުރެސެންޓް ސ.ގޮފީ ހިތަދޫ ޔުނިޓުން މައުލޫމާތު ދެއްވިއެވެ.
މިއަދު އޮންލައިން