އައްޑޫގައި ވިޔަފާރި ފޯރަމެއް ބާއްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
އައްޑޫގައި ވިޔަފާރި ފޯރަމެއް ބާއްވައިފި
އައްޑޫސިޓީ ހިތަދޫގައި ވިޔަފާރި ފޯރަމެއް ބާއްވައިފިއެވެ.

ހިތަދޫގައި ހުންނަ މޯލްޑިވްސް ނެޝަނަލް ޔުނިވަރުސިޓީ ކެމްޕަހުގައި، މިމަހުގެ 14 ވަނަދުވަހުގެރޭ، ބޭއްވި މި ފޯރަމުގައި މައުލޫމާތު ދެއްވީ ރަޖިސްޓްރަރ އޮފް ކޮމްޕެނީ މަރިޔަމް ވިސާމާއި މިނިސްޓްރީއޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުގެ ޑެޕިޔުޓީ މިނިސްޓަރ އަބްދުﷲ މުހައްދެވެ.

މި ބައްދަލުވުމުގައި އައްޑޫގެ ބައެއް ވިޔަފާރިވެރިން ބައިވެރިވެފައިވެއެވެ. އެ ބައްދަލުވުމުގެ ތައާރަފަކަށްފަހު ރަޖިސްޓްރަރ އޮފް ކޮމްޕެނީ މަރިޔަމް ވިސާމް ވަނީ ވާހަކަ ދައްކަވައިފައެވެ. އެއަށްފަހު ވިޔަފާރިވެރިންނަށް ދިމާވާ މައްސަލަތައް ހުށަހަޅައި އެކަންކަމާމެދު ވާހަކަ ދައްކާފައިވެއެވެ. އަދި ޑެޕިޔުޓީ މިނިސްތަރ އަބްދުﷲ މުހައްމަދުވެސް ވާހަކަ ދެއްކެވިއެވެ. އެއަށްފަހު ވިޔަފާރިވެރިންކުރި ސުވާލުތަކަށްވެސް ޖަވާބު ދިނުން އޮތެވެ.

ބައެއް ވިޔަފާރިވެރިންވަނީ އެމީހުންނަށް ދިމާވާ މައްސަލަތަކާއި އެކަމުގެ ސަބަބުން ލިބޭ ގެއްލުންތައް ހިއްސާ ކޮށްފައެވެ. މައިގަނޑު ގޮތެއްގައި ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ހުރީ ނޭނގިހުއްޓައި ބޮޑެތި ޖުރިމާނާތައް ކުރުމާއި، ވިޔަފާރި ހުއްދަ ބާތިލްލުރުމާއި، ޖީއެސްޓީއާއި، ބޭރުންގެންނަ ލޭބަރުން ފިލައިގެންދާ މައްސަލައާއި، ނެޓްވޯކެއްގެ ތެރެއިން އެމީހުން ލައްވައި ނުއަގުގައި މަސައްކަތްކުރުން ފަދަ މައްސަލަތަކަށެވެ.

ވިޔަފާރިވެރިންގެ ޝަކުވާތަކަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިސާމް ވިދާޅުވިއެވެ.
މިއަދު އޮންލައިން