ގައުކެނޑި ބުރިޖުގެ ފެންސްގައި ދަވާދުލައި މުޅިތަން ނިންމައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 50ސ
ގައުކެނޑި ބުރިޖުގެ ފެންސްގައި ދަވާދުލައި މުޅިތަން ނިންމައިފި
އައްޑޫސިޓީ ގައުކެނޑި ބުރިޖުގައި ކުރިންހުރި ފެންސްތައް ނަގައި އައުފެންސް ހަރުކޮށް ފެންސްގައި ދަވާދުލައި ނިންމައިފިއެވެ.

ބައުފެންސް ނަގައި އައުފެންސް ހަރުކުރުމާއި، ދާވާދު ލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ދެ މަޝްރޫއެއްގެ ދަށުން އެއްބަޔަކާ ހަވާލުކޮށްގެން ކަމަށް އައްޑޫސިޓީ ކައުންސިލުން ކުރިންވަނީ ވިދާޅުވެފައެވެ. އެތަނުގެ ފެންސް ބަދަލުކުރީ ކުރީގެ ފެންސް ބައުވެ ހަލާކުވުމުންނެވެ.

އައުފެންސް ހަރުކުރުމަށްފަހު ސިޓީ ކައުންސިލުންވަނީ ދުއްވާ އެއްޗެއްސާއި ހިނގާ މީހުން އެބުރިޖުގެ އެތެރެ ފަރާތުގައި މަޑުކުރުން މަނާކޮށްފައެވެ. އެހެންނަމަވެސް މިހާރުވެސް އެތަނުގައި މީހުން މަޑުކޮށްގެން ތިބޭތަން ފެނެއެވެ.

ބުރިޖުގައި ތިބެގެން މަސްބާނަން ބޭނުންވާ މީހުން ފެންސުންގެ އަނެއްފަރާތުގައި ތިބެގެން މަސްބޭނިދާނެ ކަމަށް އައްޑޫސިޓީގެ ޑެޕިޔުޓީ މޭޔަރު މުހައްމަދު ޔަސްރިފްވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެއީ އެހާ ރައްކާތެރި ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު އޮންލައިން