އައްޑޫސިޓީގެ އަވަށްތަކުގެ ނެރުބައްތި އައި ހާހަލުގައި ބައްތިޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އައްޑޫ ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ.
އެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން 2017 ވަނައަހަރު އޯގަސްޓް 2 ވާ ބުދަ ދުވަހުގެ 11:00އަށް އެ އިދާރާއަށް އައިސް މައުލޫމާތު ސާފުކުރުމަށް އެދި ވަޑައިގެންފައިވެއެވެ. އަދި 9 އޯގަސްޓް 2017 ވާ ބުދަ ދުވަހުގެ 11:00އަށް އެ އިދާރާއަށް ގޮސް އަންދާސީ ހިސާބު ހުށަހެޅުމަށް ސިޓީކައުންސިލުން އެދިވަޑައިގަންނަވައެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ އެވެ.
މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ އެ އިދާރާގެ ކޮންފަރެންސް ހޯލް ގައެވެ. މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯސަލް ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް އެ އިދާރާގެ ކޮންފަރެންސް ހޯލް އަށްވަޑައިނުގަންނަވާ ފަރާތްތަކަށް އެ ސެޝަން ތަކުގައި ބައިވެރި ނުވެވޭނެ ކަމަށްވެސް ސިޓީކައުންސިލުން ވިދާޅުވެފައިވެއެވެ.