އައްޑޫސިޓީ ކައުންސިލް އިދާރާ މަރާމާތުކުރަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
އައްޑޫސިޓީ ކައުންސިލް އިދާރާ މަރާމާތުކުރަނީ
އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ތިންވަނަ ފަންގިފިލާ މަރާތުކުރުމަށް ސިޓީކައުންސިލުން ނިންމައިފިއެވެ.

ކައުންސިލުން އެގޮތަށް ނިންމެވުމަށްފަހު މިހާރުވަނީ އެކަން ކޮށްދޭނެ ބަޔަކު ހޯދުމަށްވެސް އިއުލާން ކުރައްވައިފައެވެ. އެކަން ކޮށްދޭޖެހެނީ އެކަމަށް އެދޭ ބައެއްގެ އަމިއްލަ ތަކެތީގައި ކަމަށްވެސް ކައުންސިލުންވަނީ ވިދާޅުވެފައެވެ.
އަމިއްލަ ތަކެތީގައި އެކަން ކޮށްދެއްވަން ބޭނުންވާ ފަރާތަކަށް ސިޓީކައުންސިލުން މިހާރުވަނީ ފުރުސަތު ހުޅުވާލައިފައެވެ.

އެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން ޖުލައިމަހުގެ 31 ވާ ހޯމަ ދުވަހުގެ 11:00 އަށް އެ އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްވަނީ އެދިވަޑައިގެންފައެވެ. މައުލޫމާތު ސާފުކުރުމަށްފަހު އަންނަ އޯގަސްޓް 7 ވާ ހޯމަ ދުވަހުގެ 11:00 އަށް އެ އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ސިޓީކައުންސިލުން އެދިވަޑައިގަންނަވައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުސަތު ނުދެވޭނެ ކަމަށްވެސް ސިޓީކައުންސިލުންވަނީ ވިދާޅުވެފައެވެ.
މިއަދު އޮންލައިން