މާކިޅި ފިނިމައިޒާނުގައި ބާބަކިއު ހެދޭނެ އިންތިޒާމް ހަމަޖައްސަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
މާކިޅި ފިނިމައިޒާނުގައި ބާބަކިއު ހެދޭނެ އިންތިޒާމް ހަމަޖައްސަނީ
އައްޑޫސިޓީ ހިތަދޫ މާކިޅި ފިނިމައިޒާނުގައި ބާބަކިއު ސްޓޭންޑް ބަހައްޓައިދޭނެ ބަޔަކު ހޯދަން ދެވަނަ ފަހަރަށް ސިޓީކައުންސިލުން އިއުލާން ކޮށްފިއެވެ.

ކުރިންކުރި އިއުލާން ބާތިލް ކޮށްފައިވަނީ އެއަށް އެކަށީގެންވާ އިޖާބައެއް ނުލިބުމުން ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ. މިއީ އައްޑޫސިޓީގައި ރަނގަޅު ފެންވަރަށް ބާބަކިއު، ޕާޓީ، ޕިކްނިކް ފަދަ ހަރަކާތްތައް ބޭއްވޭގޮތަށް ވަސީލަތްތައް ގާއިމުކުރުމަށް އައްޑޫސިޓީ ކައުންސިލުން ހިނގާ ހަރަކާތުގެ ދަށުންކުރާ ކަމެކެވެ.

އެތަނުގައި އެމަސައްކަތް ކޮށްދޭންޖެހެނީ ސިޓީ ކައުންސިލުން ދެއްވާ މައުލޫމާތާ އެއްގޮތަށެވެ. އެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 1 އޯގަސްޓް 2017 ވާ އަންގާރަ ދުވަހުގެ 11:00 އަށް އެ އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ސިޓީކައުންސިލުން އެދިވަޑައި ގަންނަވައެވެ. އަދި 8 އޯގަސްޓް 2017 ވާ އަންގާރަ ދުވަހުގެ 11:00 އަށް އެ އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށްވެސް އެދިވަޑައިގަނަނަވައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުސަތު ނުދެވޭނެކަމަށްވެސް ސިޓީކައުންސިލުން ވަނީ ވިދާޅުވެފައެވެ.
މިއަދު އޮންލައިން