އައްޑޫގައި 484 އުޅަނދު ބަލައި ފާސްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
އައްޑޫގައި 484 އުޅަނދު ބަލައި ފާސްކޮށްފި
އައްޑޫސިޓީގެ ހުރިހާ ރަށެއްގައި މިއަދު ހަވީރު ޓްރެފިކް އޮޕަރޭޝަނެއް ހިންގައި ފިއެވެ. އެ ސިޓީގެ ހުރިހާ އަވަށެއްގައި މިއަދު ހަވީރު 4:00 އިން 6:30 އަށް ހިންގި މި އޮޕަރޭޝަނުގައިވަނީ ޖުމްލަ 484 އުޅަނދު ބަލައި ފާސްކޮށް 18 މީހަކާ މެދު ފިޔަވަޅުއަޅައިފައެވެ.

ދުވިލިމަތަ 4 ގެ ނަމުގައި ހިންގި މި އޮޕަރޭޝަނުގައި އައްޑޫގައި މަސައްކަތްކުރާ ހުރިހާ ފުލުހުން ބައިވެރިވެފައިވެއެވެ. އައްޑޫގައި ދެވަނަ ފަހަރަށް ޓްރެފިކް ޓީމެއް ގާއިމްކުރުމަށްފަހު މިއީ އެސިޓީގައި ހިންގި މިފަދަ ބޮޑު 4 ވަނަ އޮޕަރޭޝަނެވެ. އަނެއް ތިން އޮޕަރޭޝަން ހިނގާފައިވަނީ ދިވިލިމަތަ 1، 2، 3 ގެ ނަމުގައެވެ.

އައްޑޫސިޓީ ކޮމާންޑަރު އިންސްޕެކްޓަރއޮފް ޕޮލިސް ޖަމްޝީދު އަލީ ވިދާޅުވީ މިއީ ޓްރެފިކު ގަވާއިދަށް މީހުން ހޭލުންތެރި ކުރުވުމަށާއި ދުއްވާއިރު މީހުން ސަމާލު ކުރުވުމާއެކު އައްޑޫގެ މަގުތައް އަމާންތަނަށް ހެދުމުގެ ބޭނުމުގައި ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މިފަދަ އޮޕަރޭޝަނެއް އަންނަމަހުގައިވެސް ކުރިއަށްދާނެއެވެ.
މިއަދު އޮންލައިން