އައްޑޫ ސިޓީގެ މޭޔަރު މާލެ ވަޑައިގެންފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
އައްޑޫ ސިޓީގެ މޭޔަރު މާލެ ވަޑައިގެންފި
އައްޑޫސިޓީގެ މޭޔަރު އަބްދުﷲ ސާދިގު އިއްޔެ މާލެ ވަޑައިގެންފިއެވެ. މޭޔަރު މާލެ ވަޑައިގެންނެވީ އައްޑޫސިޓީގައި ކުރައްވާ މަސައްކަތްތަކާ ބެހޭގޮތުން ކަމާބެހޭ މިނިސްޓްރީތަކާ ބައްދަލު ކުރެއްވުމަށެވެ.

މިދަތުރުގައި މޭޔަރުގެ އަރިހުގައި ކައުންސިލަރު އަލީފަހުމީ އަޙުމަދާއި، ކައުންސިލަރު ޙުސައިން ހިޔާޒާއި، ޑިރެކްޓަރު މުޙައްމަދު ސަޢުދީ ޙަސަން ބައިވެރިވެ ވަޑައިގަންނަވައެވެ.

މިދަތުރުގައި މޭޔަރު ބައްދަލު ކުރައްވަން މަސައްކަތް ކުރައްވާނީ އިސްލާމިކް މިނިސްޓްރީ، ހައުސިން މިނިސްޓްރީ، ޔޫތު މިނިސްޓްރީގެ އިސްބޭފުޅުންނާ ކަމަށް ޑެޕިޔުޓީ މޭޔަރު މުޙައްމަދު ޔަސްރިފް ވިދާޅުވިއެވެ. އެމިނިސްޓްރީތަކާ ބައްދަލު ކުރައްވަން އެދިވަޑައިގެންފައިވިޔަސް އަދި އެޕޮއިންޓްމެންޓްތައް ލިބުނުކަމެއް އެނގިފައެއް ނުވެއެވެ.

އެ މިނިސްޓްރީތަކާ އައްޑޫ މޭޔަރު ބައްދަލުކުރައްވަނީ އެ މިނިސްޓްރީތަކުން އައްޑޫސިޓީގައި ކުރައްވާ މަސައްކަތްތަކާ ގުޅިގެންހުރި ކައުންސިލްގެ ކަންބޮޑުވުންތަކާމެދު މަޝްވަރާ ކުރުމަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިއަދު އޮންލައިން