އައްޑޫގައި ބާއްވާ އެންމެ ބޮޑުދުވުން އިފްތިތާހު ކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
އައްޑޫގައި ބާއްވާ އެންމެ ބޮޑުދުވުން އިފްތިތާހު ކޮށްފި
އަންނަ ސެޕްޓެމްބަރުމަހު 15 އިން 16 އަށް އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑުދުވުން "ރަން-އިން އައްޑޫ 2017" މާލޭގައި އިފްތިތާހުކޮށްފިއެވެ.

އެ ރަސްމިއްޔާތުގައި އައްޑޫސިޓީގެ މޭޔަރު ޢަބްދުﷲ ޞާދިޤާއި، ބައެއް ކައުންސިލަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެ ރޭހުގެ ކޮންސަލްޓަންޓް އަޙުމަދު މަރުޒޫޤު (މަރޭ) އާއި، ޓީ.އެފް.ޖީގެ ޑިރެކްޓަރު ޙުސައިން ޒިނާންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ދުވުމަކީ ޓޯޓަލް ފިޓްނަސް ގްރޫޕް ޕްރައިވެޓް ލިމިޓެޑް (ޓީ.އެފް.ޖީ) އިން އިންތިޒާމްކޮށްގެން ބާއްވާ ދުވުމުގެ ރޭހެކެވެ. އޭގާއި ކުޑަކުދިންނާއި މުސްކުޅިންނަށްވެސް ބައިވެރިވެވޭ އިވެންޓްތަކެއްވަނީ ހިމަނައިފައެވެ. މިދުވުމުގެ ބޭނުމަކީ ކަސްރަތާމެދު އާންމުން އިތުރަށް ހޭލުންތެރިކޮށް ދުޅަހެޔޮ ސިއްހަތަކަށް މަގުފަހި ކޮށްދިނުމެވެ.

މިހަރަކާތް އިންތިޒާމް ކުރުމަށް ޓީ.އެފް.ޖީ ގެ ޓީމެއްވަނީ އައްޑުއަށް ޒިޔާރަތްކޮށް އައްޑޫސިޓީ ކައުންސިލާއި، ހޮސްޕިޓަލާއި ފުލުހުންނާއި، ސިފައިންނާއި، ދިވެހިރެޑުކުރެސެންޓާއ ބައްދަލުކޮށްފައެވެ.
މިއަދު އޮންލައިން