ކުރީގެ ނައިބް ރައީސް އަޙްމަދު އަދީބުގެ ކޮރަޕްޝަން ފައިސާ އިން އިންތިޚާބުވެފައިވާ އެއްވެސް މެންބަރަކު ޕީޕީއެމްގައި ނުހުންނާނެ ކަމަށް ޕީޕީއެމްގެ ނައިބް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢަބްދުއްރަޙީމް ވިދާޅުވީ ވައްކަމާއި ކޮރަޕްޝަނުގެ މައްސަލަތައް ބެލުމުގެ ހިތްވަރު ޕީޕީއެމް އާއި ސަރުކާރުގައި އެބަހުރި ކަމަށާއި އިދިކޮޅު ފަރާތްތަކުގެ ކިބައިން ބޭނުންވަނީ އެ ހިތްވަރު ކަމަށެވެ. އެފަދަ މައްސަލަތައް ބެލުމަށްޓަކައި ސަރުކާރާއި ގުޅި ސަރުކާރަށް އެއްބާރުލުން ދިނުމަށް ރައީސް ޢަބްދުﷲ ޔާމީން ވަނީ ދައުވަތު ދެއްވާފައި ކަމަށްވެސް ޢަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.
ޢަބްދުއްރަހީމް ވިދާޅުވީ ޖަލްސާތަކުގައި ރައީސް ޢަބްދުﷲ ޔާމީން ދައްކަވާ ވާހަކަފުޅުތައް އިދިކޮޅު ފަރާތްތަކުން އޮޅުވާލައިގެން ފަތުރަނީ ހަޤީޤަތް އޮޅުވާލަން ކަމަށެވެ.
މަޖިލީހަށް ޕީޕީއެމްެގެ މެންބަރުން ހޮވުމަށް އަދީބްގެ ވަގު ފައިސާ ޚަރަދުކުރި ކަމަށް ރައީސް ޔާމީން ކުރީ ރޭ ދެއްކެވި ވާހަކަފުޅު މިއަދުގެ ބައްދަލުވުމުގައި ވަނީ އިތުރު ތަފްޞީލާއިއެކު ތަފާތު ގޮތަކަށް ބަދަލުކޮށްފައެވެ.
ޢަބްދުއްރަހީމް ވަނީ "ރުމާލް 2"ގެ މާނަ ވެސް ވިދާޅުވެފައެވެ. ޢަބްދުއްރަޙީމް ވިދާޅުވީ "ޙުކުމަކީ ރުމާ ކަމަށް ވެއްޖެނަމަ ކާލާ މަންނައަށްވުރެ ރުމާލު 2 ވަރުގަދަވާނެ" ކަމަށެވެ.