ހުސްވި ޖުލައި މަހު އިމްޕޯޓު ކުރި މިންވަރާއި އެކްސްޕޯޓު ކުރި މިންވަރު އިތުރުވެއްޖެއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނީ ފާއިތުވި ޖުލައިމަހު ރާއްޖެއަށް އިމްޕޯޓު ކުރި މުދަލުގެ ސީއައިއެފް އަގު 2016 ވަނަ އަހަރުގެ ޖުލައިމަހާ އަޅާބަލާއިރު 24 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.
އެގޮތުން މިދިޔަ އަހަރުގެ ޖުލައިމަހުރާއްޖެއަށް 2.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު، މިއަހަރުގެ ޖުލައިމަހު މި ޢަދަދުވަނީ 3.1 ބިލިއަން ރުފިޔާއަށް އިތުރުވެފައިކަމަށެވެ.
އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން ސިންގަޕޫރުން އިމްޕޯޓްކޮށްފައިވާއިރު، ޗައިނާ އަދި އެކުވެރި އަރަބި އިމާރާތުން ، އިންޑިއާއިން އަދި %7 މެލޭޝިޔާއިން ވަނީ އެތެރެކޮށްފައެވެ.
އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ 2016 ވަނަ އަހަރުގެ ޖުލައިމަހާ އަޅާބަލާއިރު ހުސްވި ޖުލައިމަހު %20 ވަނީ އިތުރުވެފައެވެ. މިއަހަރު ޖުލައިމަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 252 މިލިއަން ރުފިޔާ ލިބިފައިވާއިރު 2016 ވަނަ އަހަރުގެ ޖުލައިމަހު ލިބިފައިވަނީ 210 މިލިއަން ރުފިޔާއެވެ.
ފާއިތުވި ޖުލައިމަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު މިދިޔަ އަހަރުގެ ޖުލައިމަހާ އަޅާބަލާއިރު %29 މައްޗަށް ގޮސްފައިވާ އިރު، 2016 ވަނަ އަހަރުގެ ޖުލައިމަހު 157 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވެއެވެ. އަދި 2017 ވަނައަހަރުގެ މިމުއްދަތުގައި މިޢަދަދު ވަނީ 202 މިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައެވެ.
ދިވެހިރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތައްކަމަށްވާއިރު މިދިޔަ ޖުލައިމަހު އެކްސްޕޯޓްކުރި މުދަލުގެ %43 އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށެވެ.