ޗައިނާއިން ހަދާފައިވާ ބައިސްކަލް ވިއެޓްނާމުގައި ހިލޭ ދުއްވުމުގެ ފުރުޞަތު ހުޅުވާލައިފި

ކިޔުމަށް ހޭދަވާނީ 53ސ
ޗައިނާއިން ހަދާފައިވާ ބައިސްކަލް ވިއެޓްނާމުގައި ހިލޭ ދުއްވުމުގެ ފުރުޞަތު ހުޅުވާލައިފި
ޗައިނާއިން ހަދާފައިވާ ބައިސްކަލް ވިއެޓްނާމުގައި ހިލޭ ދުއްވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިއީ 2014 ވަނަ އަހަރު އުފައްދާފައިވާ ޗައިނީސް ބައިކް ޝެއަރިންގ ކޮމްޕެނީގެ ފަރާތުން ހުޅުވާލި ފުރުޞަތެކެވެ. އަދި މި ފުރުޞަތު ހުޅުވާލާފައިވަނީ އިއްޔެއެވެ.

މި ބައިސްކަލްތައް ވިއެޓްނާމުގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައި ހުންނަ އިރު، ބޭނުން ކޮންމެ މީހަކަށްވެސް ބޭނުން ވަގުތަކު ބައިސްކަލް ނެގެއެވެ. އެހެން ނަމަވެސް ބޭނުންކުރުމަށްފަހު، ބަހައްޓަންޖެހެނީ ބައިސްކަލް ބަހައްޓަން ޚާއްސަކޮށްފައިވާ ތަނެއްގައެވެ.

އެއީ އެހެންމީހުންނަށްވެސް ފަސޭހަގޮތުގައި ބޭނުންކުރެވޭނެތީއެވެ. ބައިސްކަލުތައް ހުންނަ ސަރަހައްދުތައް ސްމާޓުފޯނުގައިވާ އެޕް ބޭނުންކޮށްގެން ބަލައިލެވެއެވެ. އަދި ބައިސްކަލު ބަހައްޓާ ހަރަށް ބައިސްކަލް ވެއްދުމުން އޮޓޯއިން ތަޅުލެވޭ އިރު، ދެން އޭނާއަށް ނުވަތަ އެހެން މީހަކަށްވެސް ބައިސްކަލް ނެގޭނީ އެޕް މެދުވެރިކޮށެވެ.

ޗައިނީސް ބައިކް ޝެއަރިންގ ކޮމްޕެނީގެ ފަރާތުން ދުނިޔޭގެ އެކި ޤައުމުތަކުގައި މިފަދަ 8 މިލިއަން ބައިސްކަލް ވަނީ ބަހައްޓާފައެވެ.
މިއަދު އޮންލައިން