އައްޑޫ ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓުގައި ޒުވާނަކު މަރުވެއްޖެ

ކިޔުމަށް ހޭދަވާނީ 33ސ
އައްޑޫ ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓުގައި ޒުވާނަކު މަރުވެއްޖެ
އައްޑޫ ސިޓީ ލިންކް ރޯޑުގައި މިރޭ ސައިކަލެއް ކަހާލައިގެން ހިނގި އެކްސިޑެންޓުގައި އަނިޔާވެި ޒުވާނާ މަރުވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްށިޑެންޓު ހިނގާފައިވަނީ މަރަދޫފޭދޫގައި "1000 ބީސީ" ރެސްޓޯރަންޓް ކުރިމަތީގައި އޮންނަ ސްޕީޑް ބްރޭކަރ މައްޗަށް ބާރު ސްޕީޑުގައި އައި ސައިކަލެއް އެރި ވަގުތު އެސައިކަލު ކަހާލައިގެންނެވެ. އަނިޔާވެ މަރުވެފައިވަނީ އެސައިކަލު ދުއްވަން އިން ޒުވާނާކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

އޭނާ މަރުވެފައިވަނީ އެކްސިޑެންޓު ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާގެ ބޮލަށްވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.
މިއަދު އޮންލައިން