ޗައިނާ ބްރިކްސް ބިޒްނެސް ފޯރަމް މާދަމާ ފަށާނެއެވެ.
މި ފޯރަމް އޮންނާނީ އެ ޤައުމުގެ ފިޖިއަން ޕްރޮވިންސްގެ ރިސޯޓެއްކަމަށްވާ ޒިއަމެންގައެވެ.
މާދަމާ އޮންނަ ރަސްމިއްޔާތުގައި ޗައިނާގެ ރައީސް ޝީ ޖިންގޕިން ބައިވެރިވެވަޑައިގެން ތަޤުރީރު ކުރެއްވުމަށް ވަނީ ނިންމާފައެވެ.
ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ސައުތް އެފްރިކާ (BRICS) ގުޅިގެން އުފައްދާފައިވާ މި ފޯރަމުން އަންނަނީ އެ ޤައުމުތަކުގައި ވިޔަފާރި ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް ކުރަމުންނެވެ.