ޗައިނާ ބްރިކްސްގެ ސަބަބުން އެޤައުމުތަކުގެ އިޤްތިޞާދަށް އަންނަނީ ކުރިއެރުން ލިބެމުން: ޝީ ޖިންގޕިންގ

ކިޔުމަށް ހޭދަވާނީ 47ސ
ޗައިނާ ބްރިކްސްގެ ސަބަބުން އެޤައުމުތަކުގެ އިޤްތިޞާދަށް އަންނަނީ ކުރިއެރުން ލިބެމުން: ޝީ ޖިންގޕިންގ
ޗައިނާ ބްރިކްސްގެ ސަބަބުން އެޤައުމުތަކުގެ އިޤްތިޞާދަށް އަންނަނީ ކުރިއެރުން ލިބެމުންކަމަށް ޗައިނާގެ ރައީސް ޝީ ޖިންގޕިންގ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ 2016 ވަނަ އަހަރު 197 މިލިއަން ޑޮލަރު އިސްވެސްޓްކުރި ބްރިކްސް ޤައުމުތަކުގެ އުފެއްދުންތެރިކަން މިހާރު 5.7 އިންސައްތަ ކުރިއަރާފައިވާ ކަމަށެވެ. އަދި މިހާރަށްވުރެވެސް ޤައުމުތަކުގެ ގުޅުން އިތުރަށް ބަދަލުކުރެވިއްޖެނަމަ، މި އިންސައްތަ މާބޮޑަށް ކުރިއަރައިދާނެ ކަމަށެވެ.

ވިޔަފާރިއާއި އިޤްތިޞާދު ކުރިއަރުވާ، އެއްޤައުމުން އަނެއްޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ސައުތް އެފްރިކާ ގުޅިގެން އުފައްދާފައިވާ (BRICS) ގެ ބިޒްނެސް ފޯރަމް ޗައިނާގައި މިހާރު އަންނަނީ ބާއްވަމުންނެވެ.
ފިޖިއަން ޕްރޮވިންސްގެ ޒިއަމެން ރިސޯޓުގައި މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފޯރަމް މާދަމާގެ ނިޔަލަށް ކުރިއަށްދާނެއެވެ.


މިއަދު އޮންލައިން