ޗައިނާގެ އައު ސަފީރު ފޮރިން މިނިސްޓަރ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ކިޔުމަށް ހޭދަވާނީ 1މ 10ސ
ޗައިނާގެ އައު ސަފީރު ފޮރިން މިނިސްޓަރ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ޗައިނާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ޒެންގ ލިޒޯންގ ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާޞިމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރ ދެއްކެވި ވާހަކައިގާ އައު ސަފީރުގެ ދައުރުގައި ދެ ޤައުމުގެ ގުޅުން މިހާރަށްވުރެ އިތުރަށް ހަރުދަނާވާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާއިންނާއި ރާއްޖޭގެ ތަރައްޤީއަށް ޗައިނާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ސަފީރު ދެއްކެވި ވާހަކައިގާ ރާއްޖޭގެ ފަރާތުން އެމަނިކުފާނަށާއި އެޤައުމުގެ ސަފީރުކަމުގެ މަޤާމުގައި ރާއްޖޭގައި ކުރިން ތޮއްބެވި ބޭފުޅުންނަށް ދެއްވި އެއްބާރުލުމަށް ވަނީ ޝުކުރުއަދާކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ދައުރުގައިވެސް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ދައުރުގައި ދެޤައުމުގެ ގުޅުން މިހާރަށްވުރެ ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތަރައްޤީއަށާއި ބޭނުންވާ އެހީތެރިކަން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރުގެ އަރިހުގައި އެ މިނިސްޓްރީގެ ސެކްރެޓަރީ ބައި-ލެޓްރަލް އަޙްމަދު ޚަލީލު އާއި ޑިރެކްޓަރ އަޙްމަދު ފަޒީލް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން