ކަސްޓަމުގެ ކޮރަޕްޝަން ރިސްކް އެސެސްމަންޓް ރިޕޯޓް އިފްތިތާޙްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ކަސްޓަމުގެ ކޮރަޕްޝަން ރިސްކް އެސެސްމަންޓް ރިޕޯޓް އިފްތިތާޙްކޮށްފި
އޭސީސީ އިން ތައްޔާރުކުރި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކޮރަޕްޝަން ރިސްކް އެސެސްމަންޓް ރިޕޯޓް އިފްތިތާޙްކޮށްފިއެވެ. ރިޕޯޓް ޢާންމުކުރީ މިއަދު ހެނދުނު ކަސްޓަމްސް ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ރިޕޯޓް ޢާންމުކޮށްދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހީމް ޝަރީފް މުޙައްމަދުއެވެ.

އޭސީސީ އިން ބުނެފައިވަނީ މިރިޕޯޓް އެކުލަވައިލީ މުއައްސަސާތަކުގައި ހިނގާ ކަންކަމުގައި ކޮރަޕްޝަނާއި ގުޅުން ހުންނަ މިންވަރު ދެނެގަނެ އެކަންކަމުން ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅުތައް ބަޔާންކުރުމަކީ އޭސީސީގެ ޤާނޫނީ މަސްއޫލިއްޔަތަކަށްވާތީ ކަމަށެވެ. އަދި މި ރިޕޯޓުގައި ކަސްޓަމްސް އާއި ގުޅުންހުރި މައްސަލަތައް ދިރާސާކުރުމަށްފަހު ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް އަލިއަޅުވާލާފައިވާނެ ކަމަށެވެ.

ރިޕޯޓްގައި ބުނެފައިވަނީ މަކަރާ ހީލަތް ހަދައި އޮޅުވާލާ ފަރާތްތަކުގެ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކުރެވޭނެ އުޞޫލެއް އަދިވެސް ޤާއިމުކޮށްފައި ނެތުމަކީ މައްސަލަތައް ރިޕޯޓްކުރުމަށް ހުރަސްއެޅޭނެ ކަމެއް ކަމަށެވެ.

ކަސްޓަމްސްގެ މުވައްޒިފުންނަކީ ވިޔަފާރިކުރުން މަނާކުރެވިފައިވާ ބައަކަށް ނުވާއިރު މުވައްޒިފުންގެ މާލީ ބަޔާން ހުށަހަޅާގޮތަށް ހަމަޖެހިފައިނެތުމަކީ ކޮރަޕްޝަނުގެ ރިސްކް އިތުރުވާނެ ކަމެއްގެ ގޮތުގައި ވެސް ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ.
މިއަދު އޮންލައިން