އައްޑޫ ސިޓީގެ މަރުކަޒީ އިންޖީނުގޭގެ ބައެއް އިންޖީނުތަކަށް މައްސަލަ ޖެހުމާއި ގުޅިގެން އައްޑޫގެ ބޮޑު ސަރަޙައްދަކުން މިރޭ ކަރަންޓު ކެނޑިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫ މަރުކަޒީ އިންޖީނުގޭގެ ބައެއް އިންޖީނުތައް މައްސަލަ ޖެހި މަރާމާތު ކުރަމުން ދަނިކޮށް، މިއަދު މެންދުރު އިތުރު އިންޖީނެއްވެސް ވަނީ މައްސަލަ ޖެހިފައެވެ. އެކަމާއި ގުޅިގެން ލޯޑް ނުހިފެހެއްޓިގެން އެސިޓީގެ އެކި ސަރަހައްދުން ކަރަންޓު ކަނޑަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މައްސަލަ ޖެހިފައިވާ އިންޖީނުތައް މަރާމާތު ކުރުމަށް ދެދުވަހެއްވަރު ނަގާނެ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ނަމަވެސް އެމަސައްކަތްމިހާރުވެސް ކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.