ހިތަދޫގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ އެކަކު ޒަޚަމް ކޮށްލައިފި

ކިޔުމަށް ހޭދަވާނީ 25ސ
ހިތަދޫގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ އެކަކު ޒަޚަމް ކޮށްލައިފި
އައްޑޫ ސިޓީ ހިތަަދޫގައި ދެމީހެއްގެ ދެމެދުގައި ހިނގި މާރާމާރިއެއްގައި، ތޫނު އެއްޗަކުން ހަމަލާދީ އެކަކު ޒަޚަމް ކޮށްލައިފިއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ، އައްޑޫ ސިޓީގައި މާރާމާރީއެއް ހިންގިކަމުގެ މަޢުލޫމާތު ލިބުނީ މިރޭ 22:15 ހާއިރު ކަމަށާއި، އެމާރާމާރީގައި ޒަޚަމްވި މީހާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންގެންދާ ކަމުގައެވެ.
ޒަޚަމްވި މީހާއަށް ލިބިފައިވާ ޒަޚަމްތަކުގެ އިތުރު ތަފްސީލް އަދި ނުލިބޭ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މިއަދު އޮންލައިން