މަގުމަތިން ހިނގާފައިދިޔަ ބިދޭސީއެއްގެ އަތުން ފޭރުނުކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށް، ފުލުހުން މައްސަލަ ތަޙުޤީޤު ކުރަން ފަށައިފިއެވެ.
މިމައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ފިރިހެނަކާއި 47 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނެފައިވަނީ މި ދެމީހުންވެސް ހައްޔަރުކުރީ އޮފްރޯޑް ކައިރިން ބިދޭސީއެއްގެ އަތުން ފޯނަކާއި ވޮލެޓެއް ފޭރިގެންފައިވާކަމަށް، އެވަގުތު މާލެތެރެ ޕެޓްރޯލްކުރުމުގައި ޙަރަކާތްތެރިވި ފުލުހުންނަށް މަޢުލޫމާތު ލިބުމާ ގުޅިގެން އެމީހުން ހޯދުމަށް ކުރި މަސައްކަތުން އޮފްރޯޑް ކައިރިން ކަމަށެވެ.
މިމައްސަލަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.