ކަސްޓަމްސް އިން 6 ލައްކަ ރުފިޔާ އަމިއްލަ ކުންފުންޏަކަށް ދައްކަން ޖެހިއްޖެ

ކިޔުމަށް ހޭދަވާނީ 1މ 9ސ
ކަސްޓަމްސް އިން 6 ލައްކަ ރުފިޔާ އަމިއްލަ ކުންފުންޏަކަށް ދައްކަން ޖެހިއްޖެ
މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން މީގެ 12 އަހަރުކުރިން ބަންދުކުރި ބޮންޑެޑް ވެއާރ ހައުސްއެއްގެ މައްސަލައިގައި 6 ލައްކަ ރުފިޔާ ކަސްޓަމްސް އިން އަމިއްލަ ކުންފުންޏަކަށް ދައްކަން ޖެހިއްޖެއެވެ.

ސިވިލް ކޯޓުން މިގޮތަށް ހުކުމްކޮށްފައިވަނީ ބޮންޑެޑް ވެއާރ ހައުސެއް މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން ކަސްޓަމްސްއިން ބަންދުކޮށްފައި ބެހެއްޓި މައްސަލާގައި އެ ކުންފުނިން މިދިޔަ އަހަރު ދައުވާ ކުރުމުންނެވެ.

ކަސްޓަމްސްގެ މައްޗަށް ސިވިލް ކޯޓުން މިމަހުގެ ހަތަރު ވަނަ ދުވަހު ހުކުމްކުރީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 691،000 އަށް ވުރެ ގިނަ ރުފިޔާ އެ ކުންފުންޏަށް ދެއްކުމަށެވެ.

ކޯޓުން ކޮށްފައިވާ ހުކުމުގައިބުނެފައިވަނީ އެ ބަދަލަކީ އެ ވެއާރ ހައުސް ބަންދުކޮށްފައި ހުރި މުއްދަތުގައި އެ ކުންފުނިން ރާއްޖެ އެތެރެކުރި މުދާ ވައްދާނެ ތަނެއް ނެތިގެން ޑެމެރޭޖްގެ ގޮތުގައި ޕޯޓްސް އޮތޯރިޓީއަށް އެ ކުންފުނިން ދެއްކި ފައިސާ އެވެ.

މީގެ އިތުރުން އެ ފައިސާ އެ ކުންފުނިން ދައްކަން ޖެހުނީ ކަސްޓަމްސުން ގަވާއިދާ ޚިލާފަށް ވެއާރ ހައުސް ބަންދު ކުރުމުން ކަމަށާއި އެހެންވެ އެ ގެއްލުމަކީ ކަސްޓަމްސުން ޒިންމާވާން ޖެހޭނެ ކަމެއް ކަމަށްވެސް ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.
މިއަދު އޮންލައިން