ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި އޫރުމަސް ނައްތާލައިފި

ކިޔުމަށް ހޭދަވާނީ 44ސ
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި އޫރުމަސް ނައްތާލައިފި
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި އޫރުމަސް އަދި އޫރުމަސް އެކުލެވޭ ތަކެތި މިއަދު ނައްތާލައިފިއެވެ.

މިތަކެތި ނައްތާލާފައިވަނީ ތިލަފުށީގެ ކުނި ނައްތާލާ ސަރަހައްދުގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިޔާގެ ހާޟިރުގައެވެ.

ނައްތާލި ތަކެތީގެ ތެރޭގައި އެކިއެކި ސަބަބުތަކާހެދި ކަސްޓަމްސްގައި ހިފެހެއްޓިފައިހުރި ބަނގުރަލުގެ ބާވަތްތައް އެކުލެވޭ 89،353 ފުޅިއާއި 1108 ދަޅު ބިޔަރާއި 3411 ކިލޯގެ އޫރުމަސް ހިމެނެއެވެ.

މިއީ ކަސްޓަމްސްގެ ޢާންމު ޤަވާއިދުގެ 264 ވަނަ މާއްދާ އާއި 423 އަދި 424 ވަނަ މާއްދާގެ ދަށުން މިފަދަ ތަކެތި ނައްތާލުމަށް ޤާއިމްކުރެވިފައިވާ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ.

އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ ޢާންމު ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
މިއަދު އޮންލައިން