މާލޭގައި ބިދޭސީއަކަށް ހަމަލާދީ ޒަޚަމް ކޮށްލައިފި

ކިޔުމަށް ހޭދަވާނީ 21ސ
މާލޭގައި ބިދޭސީއަކަށް ހަމަލާދީ ޒަޚަމް ކޮށްލައިފި
މާލޭގައި މިރޭ ހިނގި މާރާމާރީ އެއްގައި ތޫނު އެއްޗަކުން ހަމަލާ ދީ ބިދޭސީއެއް ޒަޚަމް ކޮށްލައިފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މިމާރާމާރީ ހިނގާފައިވަނީ ހ. އާޓިފިޝަލް ބީޗުގައެވެ. މިހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 22:27 ހާއިރު އެވެ. މާރާމާރީގައި ޒަޚަމްވި ބިދޭސީ މީހާއަށް އޭޑީކޭ ހޮސްޕިޓަލުން ދަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ސީރިއަސް ކަމެއް ނުވަތަ ނޫންކަމެއް ފުލުހުން އަދި ބުނެފައެއް ނުވެއެވެ.
މިއަދު އޮންލައިން