ކުޅި ހިއްކައިގެންވެސް އެއާޕޯޓް އަޅަން ކުޅުދުއްފުށީ ރައްޔިތުން ކުރާ ތާއީދު ޖަލްސާ އިން ފެނިގެންދާނެ: ޢަބްދުއްރަޙީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ކުޅި ހިއްކައިގެންވެސް އެއާޕޯޓް އަޅަން ކުޅުދުއްފުށީ ރައްޔިތުން ކުރާ ތާއީދު ޖަލްސާ އިން ފެނިގެންދާނެ: ޢަބްދުއްރަޙީމް
ކުޅުދުއްފުށީ ކުޅި ހިއްކައިގެންވެސް އެރަށުގައި އެއާޕޯޓެއް އަޅަން އެރަށު ރައްޔިތުން ކުރާ ތާއީދު އެރަށުގައި ބާއްވާ ޕީޕީއެމްގެ ޖަލްސާ އިންވެސް ފެނިގެންދާނެ ކަމަށް ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމްގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ނައިބް ރައީސް ޢަބްދުއްރަޙީމް ވިދާޅުވީ ކުޅުދުއްފުށީގެ ރައްޔިތުން ބޭނުން ވަނީ ކުޅި ހިއްކައިގެންވެސް އެއާޕޯޓެއް އަޅަން ކަމަށާއި ރަށުގެ ރައްޔިތުން ތިބީ އެކަމަށް ކެތް މަދުވެފައި ކަމަށެވެ.

ޢަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްއަކީ ކުޅިބަލަން ތިބޭ ޕާޓީއެއް ނޫން ކަމަށާއި ކުޅި ކުޅެ އެކަމުގެ ފައިދާ ރައްޔިތުންނަށް ހޯދައިދޭން ބޭނުންވާ ޕާޓީއެއް ކަމަށެވެ. "ކުޅި ހިއްކައިގެން އެއާޕޯޓެއް އަޅާތީ ކަންބޮޑުވާ މީހުން ވެރިކަން ކުރިއިރު ކިއްވެގެންތޯ ކުޅި ނުހިއްކައި އެރަށުގައި އެއާޕޯޓެއް ނުއެޅީ؟"

ޢަބްދުއްރަހީމް ވިދާޅުވީ ކުޅިން ބައެއް ހިއްކައިގެން ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަކުން އެރަށުގެ ތިމާވެށްޓަށް ލިބޭނެ އެއްވެސް ގެއްލުމެއް ނުއޮންނާނެ ކަމަށާއި އެއާޕޯޓް އެޅުމުން ރައްޔިތުންނަށް ކުރާނީ އިތުރު ފައިދާ ކަމަށެވެ.

ކުޅުދުއްފުށްޓަކީ މާލެއިން އުތުރުގައި އެންމެ ގިނަ ބައަކު ދިރިއުޅެމުން ގެންދާ އަދި ތަފާތު ބޭނުންތަކަށް އެންމެ ގިނަ ބައަކު ޒިޔާރަތްކުރާ ރަށެވެ.
މިއަދު އޮންލައިން