ރައީސް ނަޝީދު ރާއްޖެ ގެނައުމަށްވުރެ، ރާއްޖޭގެ ތަރައްޤީ މި ސަރުކާރަށް މާ މުހިންމުކަމަށް ޕީޕީއެމްގެ ނައިބު ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ރައީސް ޔާމީނަށް މުހިންމީ ކުރީގެ ރައީސް ނަޝީދު ރާއްޖެ ގެނައުން ނޫން ކަމަށެވެ. އެއަށްވުރެ މާ މުހިންމު ކަންކަން އެބަހުރި ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަކީ ރައީސް ޔާމީނަށް މާ މުހިންމު ކަމެއް ކަމަށެވެ. އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހުންނެވީ އިނގިރޭސި ވިލާތުގެ ހިމާޔަތް ހޯއްދަވައިގެން ކަމަށާއި އެހެންވެ، އެކަންވެސް ކުރަން ވަކި އުސޫލުތަކާއި ހަމަތަކެއް އޮންނަ ކަމަށެވެ.
"އެހެންވެ ރައީސް ޔާމީން ބޭނުންފުޅެއްނުވޭ އެފަދަ ކަމެއްގަ ވަގުތު ބޭކާރުކޮށްލައްވާކަށް. އެއަށްވުރެ ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރުމުގަ ވަގުތު ހޭދަކުރެއްވުން މާ މުހިންމު" އަދުރޭ ވިދާޅުވިއެވެ.