ރާއްޖެއަށް އެންމެ މުހިންމީ އިސްލާމް ދީން - އިސްލާމް ދީން ޙިމާޔަތްކޮށްދޭނެ ވެރިއަކީ ރައީސް ޔާމީން: ޢަބްދުއްރަޙީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ރާއްޖެއަށް އެންމެ މުހިންމީ އިސްލާމް ދީން - އިސްލާމް ދީން ޙިމާޔަތްކޮށްދޭނެ ވެރިއަކީ ރައީސް ޔާމީން: ޢަބްދުއްރަޙީމް
ރާއްޖެއަށް އެންމެ މުހިންމު ކަމަކީ އިސްލާމް ދީން ކަމަށާއި ރާއްޖޭގައި އިސްލާމް ދީން ހިމާޔަތްކޮށްދެއްވާނެ ވެރިއަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ކަމަށް ޕީޕީއެމްގެ ނައިބް ލީޑަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން ގދ ތިނަދޫގައި މިރޭ ބޭއްވި ޖަލްސާގައި ޢަބްދުއްރަހީމް ވިދާޅުވީ އިސްލާމް ދީނުގައި މާތް ﷲ ޙަރާމްކުރައްވަވާފައިވާ ކަންކަން ރާއްޖެއަށް ތަޢާރަފްނުކުރައްވާނެ އަދި އެފަދަ ކަމަކަށް ތާއީދު ނުކުރައްވާނެ ރައީސަކީ ވެސް ރައީސް ޔާމީން ކަމަށެވެ. "ޖުވާކުޅުމާއި އެއް ޖިންސުން ގުޅުން ހިންގުން ފަދަ މާތް ﷲ ހަރާމް ކުރައްވަވާފައިވާ އެއްވެސް ކަމަކަށް ރައީސް ޔާމީން ހުއްދައެއް ނުދެއްވާނެ."

ޢަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގައި އިސްލާމް ދީން ހިމާޔަތްކުރުމުގެ މުހިންމު ކަމުގެ ވާހަކަ ތަކުރާރުކުރައްވަމުން ގެންދަވަނީ ދިވެހި ރައްޔިތުންނަށް އެންމެ މުހިންމު ކަމަކީ އިސްލާމް ދީން ރާއްޖޭގައި ކުރިއެރުވުން ކަމަށްވާތީ ކަމަށެވެ.

ޢަބްދުއްރަހީމް މިރޭ ވިދާޅުވީ ރާއްޖެ ތަރައްޤީ ކުރައްވަވާނެ ރައީސް އަކީވެސް ރައީސް ޔާމީން ކަމަށެވެ. އެކަން ރާއްޖޭގެ ހުރިހާ ރަށަކުން މިހާރުވެސް ދަނީ ފެންނަމުން ކަމަށެވެ. ޕީޕީއެމްއިން ކޮންމެ ރަށެއްގައި ޖަލްސާއެއް ބޭއްވި ނަމަވެސް އެތައް ހާސް ރައްޔިތުން ބައިވެރިވަމުން ދަނީ އެ ސަބަބަށްޓަކައި ކަމަށެވެ.
މިއަދު އޮންލައިން