ހުޅުމާލެގައި 15 ބުރީގެ ހަތަރު ޓަވަރުއަޅަން ކަސްޓަމްސް އިން އިއުލާން ކޮށްފި

ކިޔުމަށް ހޭދަވާނީ 35ސ
ހުޅުމާލެގައި 15 ބުރީގެ ހަތަރު ޓަވަރުއަޅަން ކަސްޓަމްސް އިން އިއުލާން ކޮށްފި
ހުޅުމާލޭގެ ދެވަނަ ފިޔަވެއްސަށް އިތުރު ކުރި ބިމުގެ ސަރަހައްދުގައި 15 ބުރީގެ ހަތަރު ޓަވަރު އަޅަން ޝައުގުެރިވާ ފަރާތްތައް ހޯދުމަށް ކަސްޓަމްސް ކޯޕަރޭޓިވް ސޮސައިޓީ (ސީސީއެސް) އިން މިއަދު އިއުލާނު ކޮށްފިއެވެ.

މިކަމާއި ގުޅިގެން ކަސްޓަމްސްއިން ކުރި އިއުލާނުގައި ބުނެފައިވަނީ ހުޅުމާލޭގައި 15 ބުރީގެ ހަތަރު މިކްސްޑް ރެސިޑެންޝަލް ޓަވަރު އަޅަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޑިސެމްބަރ މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިން އެކަމާއި ގުޅޭގޮތުން ލިޔުން ފޮނުވުމަށެވެ.

ސަރުކާރުން ކުރިއަށް ގެންދާ "ހިޔާ މަޝްރޫއު" އަކީ ބޭރުގެ ދެ ކުންފުނި ހިމެނޭ ގޮތަށް 22 ކުންފުންޏެއް އެ މަޝްރޫއުގައި ބައިވެރިވެގެން 62 ޓަވަރު އެޅުމަށް ހަމަޖެހިފައިވާ މަޝްރޫއު އެކެވެ.

މިއަދު އޮންލައިން