ރާއްޖެއަށް ގެންނަ އިތުރު ތަރައްޤީތަކަށްވެސް ހިތްވަރުދީ، އަބަދުވެސް ރާއްޖެއާއިއެކު ޗައިނާ ވާނަން- ޔެންގް ޔިން

ކިޔުމަށް ހޭދަވާނީ 1މ 3ސ
ރާއްޖެއަށް ގެންނަ އިތުރު ތަރައްޤީތަކަށްވެސް ހިތްވަރުދީ، އަބަދުވެސް ރާއްޖެއާއިއެކު ޗައިނާ ވާނަން- ޔެންގް ޔިން
ދިވެހި ރާއްޖެއާއިއެކު އަބަދުވެސް ވާނަން ކަމަށާއި ރާއްޖެއަށް ގެންނަ އިތުރު ތަރައްޤީތަކަށް ވެސް ހިތްވަރު ދެއްވާނެކަމަށް، ޗައިނާ އެމްބަސީގެ ޕޮލިޓިކަލް ކައުންސެލާ ޔެންގް ޔިން ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވުނު ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އިން ބިނާކުރި 1500 ފްލެޓު ދިވެހި ސަރުކާރާއި ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔެންގް ޔިން ވިދާޅުވީ ދިވެހި ރާއްޖެއާއި ޗައިނާ އާއި ދެމެދު އޮންނަ ޑިޕްލޮމެޓިކް ގުޅުމަށް މިއަހަރު 45 އަހަރު ފުރިފައިވާއިރު، ދެ ޤައުމުވެސް ހަލުވިކަމާއިއެކު ތަރައްޤީވެފައިވާކަން އުފަލާއިއެކު ފާހަގަ ކުރައްވާ ކަމަށެވެ.



"ރާއްޖެއާއިއެކު ޗައިނާ އަބަދުވެސް މަސައްކަތް ކުރާނަން. ރާއްޖެއާއިއެކު ކުރާ ކޮންމެ މަސައްކަތަކުން ދެ ޤައުމުގެ ރައްޔިތުންނަށް ވެސް ފައިދާވާނެ" ޗައިނާ އެމްބަސީގެ ޕޮލިޓިކަލް ކައުންސިލަރު ޔެންގް ޔިން ވިދާޅުވިއެވެ.



މީގެއިތުރުން ޔެންގް ޔިން ވިދާޅުވެފައިވަނީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އަބަދުވެސް ޗައިނާ އިން ރާއްޖެއަށް އެހީތެރިވާނެ ކަމަށާއިސީއެމްއީސީ އިން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ގާއިމްކުރި 704 ފްލެޓުތަކަކީ ވެސް ރާއްޖެއާއި ޗައިނާ އާއި ދެމެދު ގޮތް ގާތް ގުޅުމުގެ ވަރަށް އަގުހުރި، ބޮޑު ރަމްޒެއް ކަމަށެވެ.

މިއަދު އޮންލައިން