އައްޑޫ ސިޓީ ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ

ކިޔުމަށް ހޭދަވާނީ 43ސ
އައްޑޫ ސިޓީ ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ
އައްޑޫ ސިޓީ ލިންކް ރޯޑްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އެ އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދީފައިވަނީ މި އެކްސިޑެންޓް ހިނގީ ލިންކް ރޯޑްގައި ދުއްވާފައިދިޔަ ޕިކްޕްއަކާއި ސައިކަލެއް ޖެހިގެންކަމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި އެކްސިޑެންޓްވި ޕިކަޕަކީ އެންވަޔަރަމެންޓް މިނިސްޓްރީގެ ޕިކަޕެއް ކަމަށެވެ.

މި އެކްސިޑެންޓްގައި އަނިޔާވި ދެ މީހުންނަކީ ސައިކަލުގައި އިން އުމުރުން ދުވަސްވީ މީހަކާއި ކުޑަކުއްޖެއްކަމަށް ފުލުހުން ބުނެފައިވެއެވެ. މައުލޫމާތު ލިބޭ ގޮތުގައި އުމުރުން ދުވަސްވީ މީހާގެ ބޮލަށް ވަނީ ވަރަށް ބޮޑަށް އަނިޔާ ލިބިފައެވެ.
އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް މިހާރު ދަނީ ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާދެމުންނެވެ.
މިއަދު އޮންލައިން