އައްޑޫ ސިޓީގައި ކެބިން ކްރޫ އިންޓަވިއު ހުނަރު ދަސްކޮށްދޭ ވޯކްޝޮޕެއް ބާއްވަނީ

ކިޔުމަށް ހޭދަވާނީ 55ސ
އައްޑޫ ސިޓީގައި ކެބިން ކްރޫ އިންޓަވިއު ހުނަރު ދަސްކޮށްދޭ ވޯކްޝޮޕެއް ބާއްވަނީ
ދިވެހި ކެބިން ކްރޫ އެކެޑެމީ (ޑީސީސީއޭ) ގެ ފަރާތުން ކެބިން ކްރޫންނަށް ވާން ބޭނުންވާ ޒުވާނުންނަށް އެ ވަޒީފާގެ އިންޓަވިއުއަށްދާއިރު، އެއަށް ތައްޔާރުވާނެގޮތް ދަސްކޮށްދިނުމަށްޓަކައި އިންޓަވިއު ހުނަރު ދަސްކޮށްދޭ ވޯކްޝޮޕެއް އައްޑޫ ސިޓީ ހިތަދޫގައި ބާއްވަން ނިންމައިފިއެވެ. އަދި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު އެ އެކެޑެމީން ވަނީ ހުޅުވާލައިފައެވެ.

ޑީސީސީއޭއިން ބުނެފައިވަނީ ވޯކްޝޮޕްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، 9958800، މި ނަމްބަރަށް އެސްއެމްއެސްކޮށްލައިގެން ބައިވެރިވުމަށް ނަން ނޯޓު ކުރެވޭނެކަމަށެވެ. އަދި އެ އެކެޑެމީގެ އީމެއިލް އެޑްރެސްއަށް މެއިލްކުރައްވައިގެން ވެސް ބައިވެރިވެވޭނެކަމަށް ވެސް ޑީސީސީއޭއިން ބުންޏެވެ. [email protected]ޑީސީސީއޭގެ އީމެއިލް އެޑްރެސް އަކީ މި ވޯކްޝޮޕްގައި ބައިވެރިވާން 1000 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެކަމަށް ޑީސީސީއޭއިން ބުނެފައިވެއެވެ.

ޑީސީސީއޭގެ މި ވޯކްޝޮޕް ކުރިއަށްދާނީ އަންނަ މަހުގެ 6 އަދި 7 ވަނަ ދުވަހުއެވެ. ޑީސީސީއޭއިން ވަނީ މީގެ ކުރިން ވެސް އައްޑޫ ސިޓީގައި އެކި ވޯކްޝޮޕްތައް ކުރިއަށް ގެންގޮސްފައެވެ.
މިއަދު އޮންލައިން