ޗައިނާގެ ޝެންޒްހެން ސިޓީގެ ތަރައްޤީ ދައްކައިދޭ ފޮޓޯ މައުރަޒެއް ހުޅުވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ޗައިނާގެ ޝެންޒްހެން ސިޓީގެ ތަރައްޤީ ދައްކައިދޭ ފޮޓޯ މައުރަޒެއް ހުޅުވައިފި
ޗައިނާގެ ޝެންޒްހެން ސިޓީގެ ތަރައްޤީ ދައްކައިދޭ ފޮޓޯ މައުރަޒެއް އާޓް ގެލެރީގައި ހުޅުވައިފިއެވެ.

މި މައުރަޒު ތަޢާރަފްކޮށްދެމުން ބުނީ މައުރަޒުގައި ހުރި ފޮޓޯތަކުން އެސިޓީ، ކުޑަކުޑަ މަސްވެރި ވިލެޖަކުން ތަރައްޤީވެފައިވާ ބޮޑު ސިޓީއަކަށް ބަދަލުވި ގޮތް ފެނިގެންދާނެ ކަމަށެވެ. މީގެ އިތުރުން ޗައިނާއަށް އައިސްފައިވާ ކުރިއެރުންތައް ވެސް ފެނިގެންދާނެ ކަމަށެވެ.

އެމްއެމްޕީއާރުސީ އާއި ގުޅިގެން މިފަދަ މައުރަޒެއް ބޭއްވުމުގެ ބޭނުމަކީ އެއް ޤައުމުގެ ކަންތައްތައް އަނެއް ޤައުމަކަށް އޮޅުން ފިލުވައިދީ އިތުރަށް ތަޢާރަފްވުންކަމަށްވެސް މައުރަޒް އިންތިޒާމްކުރާ ޗައިނާގެ ވަފުދުން ވަނީ ބުނެފައެވެ.

ޗައިނާގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރެވޭ މަސައްކަތްތައް އަންނަ އަހަރު އިތުރުވެގެންދާނެ ކަމަށްވެސް ވަނީ ބެލެވިފައެވެ.

ރައީސް ޒީ ޖިންޕިންގެ ދައުވަތަކަށް ރައީސް ޢަބްދުﷲ ޔާމީން ދާދިފަހުން ޗައިނާއަށް ކުރެއްވެވި ރަސްމީ ދަތުރުފުޅުގައި ވަނީ ޗައިނާގައި ރާއްޖެ އިޝްތިހާރު ކުރުމަށް އިތުރަށް މަސައްކަތްތައް ކުރުމަށް މަޝްވަރާ ކުރައްވައިފައެވެ. އަދި އެކަމަށް ޗައިނާއިން މަސައްކަތްކޮށްދޭނެ ކަމަށްވެސް ޗައިނާއިން ވަނީ ބުނެފައެވެ.
މިއަދު އޮންލައިން