ރޭޕް ކުރިކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 3ސ
ރޭޕް ކުރިކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކޮށްފި
މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގެ އާޓް ސްޓޫޑިއޯ އެއްގައި އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ތުހުމަތުވާ ހަސަން ފާއިޒް މިރޭ ހައްޔަރު ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރު ކޮށްފައިވަނީ މިރޭ ގދ. ތިނަދޫ ހުޅަނގުގޭގައި ހުއްޓައެވެ.

މިމައްސަލައާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލެއް ވިދާޅުވެފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު ޕޮލިހަށް ހުށަހެޅުނު "ރޭޕް" މައްސަލައެއްގައި ރޭޕް ކުރިކަމުގެ ތުހުމަތުގައި އުމުރުން 34 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް މިރޭ ގެންދެވިފައިވާ ކަމަށެވެ.

އަންހެން ކުއްޖާ ބުނެފައިވާ ގޮތުގައި، އޭނާ މިދިޔަ ބުދަ ދުވަހުގެ ރޭ އާޓް ސްޓޫޑިއޯ އަށް ދިޔައީ އާޓް ޕްރޮޖެކްޓެއްގެ މަސައްކަތް ކުރުމަށެވެ. އޭނާއަކީ ވެސް އާޓިސްޓެކެވެ.

އޭނާ މައުލޫމާތު ދީފައިވާ ގޮތުގައި ރޭޕް ގެ ވާހަކަ ސިއްރުކުރުމަށް 16،000 ރުފިޔާ ދޭނެ ކަމަށް ތުހުމަތު ކޮށްފައިވާ ފަރާތް ވަނީ ބުނެފައެވެ. ނަމަވެސް އެފައިސާގައި ނުހިފާ ކަމަށް ވެސް އަންހެން ކުއްޖާ ބުނެފައިވެއެވެ. އަދި ހޮސްޕިޓަލަށް އެއަންހެން ކުއްޖާ ގެންގޮސްދިނީ އޭނާގެ ރައްޓެހިން ކަމަށް ވެސް ބުނެފައިވެއެވެ.

ރޭޕް ކުރިކަމަށާއި އެކަން ސިއްރު ކުރުމަށް ފައިސާ ހުށަހެޅި ކަމަށް ވެސް ހަސަން ފާއިޒް ވަނީ އިންކާރުކޮށްފައެވެ.


މިއަދު އޮންލައިން