ރޭޕްގެ ތުހުމަތުވާ ޖޭސަން ގެ ބަންދަށް 15 ދުވަސް ޖަހައިފި

ކިޔުމަށް ހޭދަވާނީ 38ސ
ރޭޕްގެ ތުހުމަތުވާ ޖޭސަން ގެ ބަންދަށް 15 ދުވަސް ޖަހައިފި
މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ، އުމުރުން 19 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ތުހުމަތުވާ ޙަސަން ފާއިޒް (ޖޭސަން) ގެ ބަންދަށް 15 ދުވަސް މިއަދު ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ޖަހައިފިއެވެ.

ޖޭސަން ހައްޔަރު ކޮށްފައިވަނީ ރޭގެ ވަގުތެއްގައި ގދ. ތިނަދޫ އިންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖޭސަން އެއަންހެން ކުއްޖާ ރޭޕް ކޮށްފައިވަނީ އާޓް ޕްރޮޖެކްޓެއްގެ މަސައްކަތައް އެރޭ އެސްޓޫޑިއޯއަށް ދިޔުމުންނެވެ. ރޭޕް ކުރިކަން ސިއްރު ކުރުމަށްޓަކައި އަންހެން ކުއްޖާއަށް 16،000 ރުފިޔާ ވެސް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އޭނާ އެފައިސާގައި ނުހިފާކަމަށް އަންހެން ކުއްޖާ ބުނެފައިވެއެވެ.

ޖޭސަން ވަނީ މިހުރިހާ ތުހުމަތުތައް ދޮގު ކޮށްފައެވެ.
މިއަދު އޮންލައިން