ރިސޯޓެއްގައި މޫދަށް އެރި އުޅުނު ޗައިނާ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

ކިޔުމަށް ހޭދަވާނީ 24ސ
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ޗައިނާ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ
އއ. ކުރަމަތި އައިލެންޑް ރިސޯޓުގައި މޫދަށް އެރި އުޅުނު ޗައިނާ ފަތުރުވެރިއަކު ގެނބިގެން މިއަދު މަރުވެއްޖެއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ފަތުރުވެރިއަކު މޫދަށް އެރި އުޅެނިކޮށް ގެނބިގެން މަރުވެފައިވާކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 17:15 ހާއިރު ކަމަށެވެ.

މޫދަށް އެރި އުޅެނިކޮށް ގެނބިގެން މަރުވެފައިވަނީ އުމުރުން 29 އަހަރުގެ ޗައިނާ ފިރިހެނެކެވެ. އޭނާގެ މަރުގެ ހާދިސާ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އޭނާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މިއަދު އޮންލައިން