އައްޑޫސިޓީ ފޭދޫގައި ކުޑަ ކުއްޖެއްގައިގާ ސައިކަލަކުން ޖައްސާ ފިލި މީހަކު ހޯދަނީ

ކިޔުމަށް ހޭދަވާނީ 44ސ
އައްޑޫސިޓީ ފޭދޫގައި ކުޑަ ކުއްޖެއްގައިގާ ސައިކަލަކުން ޖައްސާ ފިލި މީހަކު ހޯދަނީ
އައްޑޫ ސިޓީ ފޭދޫ ގައި އިއްޔެ ހަވީރުގެ ވަގުތަކު ކުޑަ ކުއްޖެއްގެ ގައިގާ ސައިކަލަކުން ޖައްސާ ފިލި މީހެއް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އެބަގެންދެއެވެ.

މައުލާމާތު ލިބިފައިވާ ގޮތުގައި ސައިކަލަކުން ޖައްސާ ޒަޚަމްކޮށްލާފައިވަނީ އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖެކެވެ. އަދި މިއެކްސިޑެންޓުގެ ސަަބަބުން އެއަންހެން ކުއްޖާގެ ވައަތު ފައިވަނީ ކުޑަހުޅުން ކައިރިން ވަނީ ބިނދިފައެވެ. އަދި އެކުއްޖާއަށް މިހާރު ފަރުވާ ދެމުންދާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މިހާދިސާއާއި ގުޅިގެން ފޭދޫއިން މައުލޫމާތު ދިން މީހަކު ބުނީ އެކުއްޖާ ގައިގާ ސައިކަލުން ޖައްސާފައި ފިލީ ކާކުކަން އެނގެ ކަމަށާއި އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެފަދަ ރިޕޯޓެއް ފުލުހުންނަށް ރޭ ލިބުމާއި ގުޅިގެން އެމައްސަލަ ބަލަމުންދާ ކަމަށެވެ.


މިއަދު އޮންލައިން