ރޭޕްގެ ތުހުމަތު ކުރެވިފައިވާ މީހާގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވައިފި

ކިޔުމަށް ހޭދަވާނީ 43ސ
ރޭޕްގެ ތުހުމަތު ކުރެވިފައިވާ މީހާގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވައިފި
ރޭޕްގެ ތުހުމަތުގައި މިމަހުގެ ހަވަނަ ދުވަހުގެރޭ ގދ. ތިނަދޫ އިން ހައްޔަރުކޮށްފައުވާ މީހާގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

މާލޭގެ އާޓް ސްޓޫޑިއޯ އަކަށް ގެންގޮސް އުމުރުން 19 އަހަރުގެ އަންހެނަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ އުމުރުން 34 އަހަރުގެ ފިރިހެނެކެވެ.

މިމައްސަލައިގާ ތުހުމަތުވާ މީހާގެ ބަންދުގެ މުއްދަތު ދެފަހަރަށް ވަނީ އިތުރު ކޮށްފައެވެ. [

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއަންހެން މީހާ ރޭޕް ކުރި އާޓް ޕްރޮޖެކްޓަކާއި ބެހޭ ގޮތުން ވާހަކަ ދައްކަން ކަމަށް ބުނެ ސްޓޫޑިއޯއަށް ގެންގޮސްފައެވެ. ރޭޕް ކުރުމަށްފަހު، އެކަން ސިއްރު ކުރުމަށް އެއަންހެން މީހާއަށް ގިނައަދަދަކަށް ފައިސާވެސް ހުށަހެޅިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އަންހެން ކުއްޖާ އެފައިސާތަކުގައި ނުހިފައެވެ. އަދި މައްސަލަ ފުލުހުންނަށް ވެސް ހުށަހެޅިއެވެ.


މިއަދު އޮންލައިން