ޗައިނާގެ މަސައްކަތުން ނަމަވެސް ރާއްޖޭގަ ޤަނޫނުގެ ވެރިކަން ހިންގަން ފަށައިފިނަމަ މައްސަލަ ހައްލުވީ: އިންޑިއާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ޗައިނާގެ މަސައްކަތުން ނަމަވެސް ރާއްޖޭގަ ޤަނޫނުގެ ވެރިކަން ހިންގަން ފަށައިފިނަމަ މައްސަލަ ހައްލުވީ: އިންޑިއާ
ޗައިނާގެ މަސައްކަތުން ނަމަވެސް ރާއްޖޭގައި ޤަނޫނުގެ ވެރިކަން ހިންގަން ފަށައިފިނަމަ މައްސަލަ ހައްލުވީ ކަމަށް އިންޑިއާގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އޮފިޝަލާއި ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ ރާއްޖޭގެ މައްސަލައިގައި ޗައިނާ އާއި އިންޑިއާ އިން މަޝްވަރާކުރަމުން ގެންދާ ކަމަށެވެ. އަދި ރާއްޖޭގެ މައްސަލަ އަކީ ދެ ޤައުމުގެ މެދުގައި އޮތް މައްސަލައަކަށް ހަދަން އެއްވެސް ޤައުމަކުން ބޭނުން ނުވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވެފައިވަނީ ރާއްޖޭގެ މައްސަލަތައް ހައްލުކުރެވޭނީ ގަދަބާރުން ނޫންކަން އެންމެންވެސް ޤަބޫލުކުރާ ކަމަށާއި ހައްލު ހޯދޭނީ ސަރުކާރާއި އިދިކޮޅު ފަރާތްތައް މަޝްވަރާކޮށްގެން ކަމަށްވެސް ޤަބޫލުކުރާ ކަމަށެވެ. ޗައިނާ ވެސް ބޭނުން ވަނީ މަޝްވަރާކޮށްގެން ޙައްލު ހޯދަން ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ޗައިނާއަކީ ރާއްޖެއާއި މިހާރު އެންމެ ގާތް ޤައުމުކަމަށްވުމުން މަޝްވަރާތައް ކުރިއަށް ގެންދިއުމުގައި ޗައިނާއަށް މުުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށެވެ. އަދި އެފަދަ ދައުރެއްގެ ސަބަބުން ނަމަވެސް ރާއްޖޭގައި ޤާނޫނުގެ ޙުކޫމަތު ހިންގިއްޖެނަމަ ހުރިހާ މައްސަލަތަކެއް ޙައްލުވެގެންދާނެ ކަމަށެވެ.
މިއަދު އޮންލައިން