124 ރަށުން ޗައިނާ ތަރައްޤީކުރަނީ 7 ރަށް- އަބަދުވެސް ގެންދަނީ ރާއްޖޭގެ ތަރައްޤީއަށް މަސައްކަތްކުރަމުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
124 ރަށުން ޗައިނާ ތަރައްޤީކުރަނީ 7 ރަށް- އަބަދުވެސް ގެންދަނީ ރާއްޖޭގެ ތަރައްޤީއަށް މަސައްކަތްކުރަމުން
"ފާއިތުވި 4 އަހަރަށް ބަލައިފިނަމަ 30 ޤައުމަކުން ވަނީ ރާއްޖޭގެ 124 ރަށެއްގަ ރިޒޯޓް ތަރައްޤީކުރަން އިންވެސްޓްކޮށްފަ. ޗައިނާގެ ކުންފުނިތަކުން ތަރައްޤީކުރަން މަސައްކަތްކުރަނީ 7 ރިޒޯޓް، ބޭރުގެ އިންވެސްޓްމަންޓްތަކުގެ ރޭންކިންގ އަށް ބަލައިފިނަމަ ޗައިނާ އޮތީ 6 ވަނައިގަ. އިންސައްތައިން ބަަލައިފިނަމަ އެއީ 5.65 އިންސައްތަ. ރައްޖޭގެ 100 ރިޒޯޓަށް ބަލައިފިނަމަ ޗައިނާގެ ކުންފުނިތަކުގެ ބައިވެރިވުން އޮތީ ވަރަށް ކުޑަކޮށް." ކަމަށް ޗައިނާއިން ބުނެފިއެވެ.

ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން މިމޭރުމުން ބުނެފައިވަނީ ރައީސް ނަޝީދުގެ ވާހަކަފުޅުތައް ދޮގުކުރައްވައި ރާއްޖޭގެ ޗައިނާ އެމްބަސީގައި ހުންނަވާ ކައުންސިލަރ ޔާންގ ޔިން ނެރުއްވި ބަޔާނެއްގައެވެ.

ޔާންގ ޔިންގ ވިދާޅުވެފައިވަނީ ރާއްޖޭގެ ބިންތައް ޗައިނާއިން "ދަމައިގަންނަމުން" ގެންދާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންޑިއާގެ މީޑިއާތަކަށް ދެއްވާފައިވާ މައުލޫމާތުތަކަކީ އެއްވެސް ހަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށާއި އެ ފަަދަ ވާހަކަތަކުން އިންޑިއާ ކަނޑުގެ ސަލާމަތަށް ނުރައްކާވާ ކަމަށާއި އަދި އެފަދަ ވާހަކަތައް އެއްވެސް ފަރާތަކުން ނުދެއްކުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

ރައީސް ނަޝީދުގެ މި ހަޤީޤަތާ ޚިލާފް ވާހަކަފުޅުތަކުގެ ސަބަބުން ރާއްޖެ އާއި ޗައިނާގެ ހަޤީޤީ ގުޅުމުގެ މައުލޫމާތަށް އުނިކަން އަންނަ ކަމަށެވެ. ރާއްޖެ އާއި ޗައިނާ އާއި ދެމެދުގައި އޮންނަ ގުޅުމަކީ ދެ ޤައުމަށްވެސް ފައިދާކުރާ ގޮތަށް އޮތް ގުޅުމެއް ކަމަށާއި އެގުޅުމަށް ބޭއިންސާފުން ވާހަކަ ދެއްކުމަކީ އެއްފަރާތަށް ބުރަވެފައިވާ އެކަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

"ޗައިނާއިން ގެންދަނީ ދިވެހިރައްޔިތުންނަށް ފައިދާ ކުރާނެ މަޝްރޫއުތައް ހިންގަމުން. ބޭނުމަކީ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދިނުން. ޗައިނާ ރައްޔިތުން ގެންދަނީ މެދުކެނޑުމެއް ނެތި މަޝްރޫއުތައް ހިންގަން ރެއާއި ދުވާލު ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން. މިހުރިހާ ކަމެއް ކުރެވެމުން މިދަނީ ދެ ބައިމީހުންނަށްވެސް އެކަމުން ފައިދާކުރާނެ ގޮތަށް. މި ކަންކަމުގެ ސަބަބުން ރާއްޖޭގެ އިޤްޠިޞާދަށާއި އިޖުތިމާޢީ ކަންކަމަށް މިހާރުވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެ."

ޔާންގ ޔިންގ ވިދާޅުވެފައިވަނީ ކަންކަން މިހައި ރަނގަޅަށް ކުރިއަށްދާއިރު ހަޤީޤަތާއި ޚިލާފަށް ވާހަކަތައް ދެއްކުމުން ރާއްޖޭގެ ރަށްތައް ހިފުމާއި ބިންތައް އަތުލުން ފަދަ ވާހަކަތައް ދެއްކުމުން ސަރަހައްދުގެ ސަލާމަތަށް ނުރައްކާވާ ކަމަށާއި ޗައިނާގެ ރައްޔިތުންނަށް ހިތްދަތިކަން އިޙްޞާޞްކުރަންޖެހޭ ކަމަށެވެ.
މިއަދު އޮންލައިން