ރާއްޖޭގަ ބޭރު ކުންފުންޏަކުން ހިންގާ އެންމެ ބޮޑު އެއް ރިޒޯޓުގެ މުވައްޒިފުންގެ މުސާރަ ބޮޑުކުރުން މަޑުޖައްސާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ރާއްޖޭގަ ބޭރު ކުންފުންޏަކުން ހިންގާ އެންމެ ބޮޑު އެއް ރިޒޯޓުގެ މުވައްޒިފުންގެ މުސާރަ ބޮޑުކުރުން މަޑުޖައްސާލައިފި
ރާއްޖޭގައި ބޭރުގެ ކުންފުނިތަކުން ހިންގާ ރިޒޯޓުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ރިޒޯޓުގެ މުވައްޒިފުންގެ މުސާރަ ބޮޑުކުރުން މަޑުޖައްސާލައިފިއެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބްރޭންޑުން ރާއްޖޭގައި ހިންގާ އެރިޒޯޓުން ކުރިން ނިންމާފައި އޮތީ މިފެށޭ މާރިޗް މަހުގެ 1 ދުވަހުން ފެށިގެން މުވައްޒިފުންގެ މުސާރަ ބޮޑުކުރުމަށެވެ.

ރިޒޯޓުގެ އިސްމަޤާމެއްގައި ހުރި މީހަކު ބުނީ މެނޭޖްމަންޓުން އެގޮތަށް މިއަދު ނިންމީ ރާއްޖެ މަޑު ޖައްސާފައި އޮތުމުން ރާއްޖޭގެ ކަންކަން މަޑުޖެއްސުމުން ނެއްޓި ބާރަށް ހިނގައިގަންނަންދެން ޚަރަދުތައް ކުރުންވެސް މަޑުޖައްސަން ކަމަށެވެ.

"އެކަން ނިންމީ ރިޒޯޓަކުން ނޫން. މައި އޮފީހުގެ ނިންމުމެއް އެއީ. އެހެންވީމާ އިތުރު ރިކްޔެސްޓެއްވެސް މުވައްޒިފުންނަށް މިހާރަކު ނުކުރެވޭނެ" ކަމަށެވެ.

މުވައްޒިފް ބުނީ ރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން ރިޒޯޓުގެ އޮކިޔުޕެންސީ މިހާރުވެސް ވަރަށް ދަށަށް ހިނގައްޖެ ކަމަށާއި އަންނަ މަހަށް ހުރި ބުކިންގްސްތަކުގެ 60 އިންސައްތަ މިހާރުވެސް ކެންސަލްވެފައިވާ ކަމަށެވެ. އަދި މެނޭޖްމަންޓުން މިފަދަ ނިންމުމެއް ނިންމި ސަބަބަކީ އެއީ ކަމަށް ޤަބޫލުކުރާ ކަމަށެވެ.
މިއަދު އޮންލައިން