އައްޑޫ މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި

ކިޔުމަށް ހޭދަވާނީ 44ސ
އައްޑޫ މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި
މިމަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލާ، މިއަދު ހަވީރު އައްޑޫ ސިޓީ ހިތަދޫގައި ކުރި މުޒާހަރާގައި ފުލުހުން ހައްޔަރު ކުރި އެންމެން ދޫކޮށްލައިފިއެވެ.

މިއަދު ހަވީރު ހައްޔަރު ކުރި މީހުންގެ ތެރޭގައި އައްޑޫސިޓީގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޔަސްރިފު އާއި އައްޑޫ ދާއިރާގެ ނައިބު ރައީސް އިބްރާހިމް ރަޝީދު (އިބްރޭ) އާއި ހިތަދޫ މެދު ދާއިރާގެ ރައީސް މުޙައްމަދު އާއި އިތުރު ތިން މީހަކު ހިމެނެއެވެ.

އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ، އެއެންމެންވެސް ދޫކޮށްލީ ބަޔާނެއްގައި ސޮއި ކުރުވުމަށް ފަހު ކަމަށެވެ.

ސޯބެ ވިދާޅުވީ، ސޮއި ކުރުވި ލިޔުމުގައި ލިޔެފައިވަނީ، އެއްވުމެއް ބާއްވާނަމަ ދުރާލާ ފުލުހުންނަށް އެންގުމަށް ފަހު އެކަން ކުރުމަށް ފުލުހުން އެދޭ ކަމަށެވެ.

މިއަދު އޮންލައިން