ރާއްޖެއަށް ޗައިނާއިން ނެރުނު ޓްރެވެލް އެޑްވައިޒަރީ ލުއިކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 5ސ
ރާއްޖެއަށް ޗައިނާއިން ނެރުނު ޓްރެވެލް އެޑްވައިޒަރީ ލުއިކޮށްފި
ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާނު ކުރުމާއި ގުޅިގެން، ޗައިނާ މީހުން މިދުވަސްވަރު ރާއްޖެ ނާންނަނޤ އަންގާ، ޗައިނާއިން ނެރުނު އެންގުމަށް ލުޔެއް ގެނެސްފިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު ހުރި ގޮތުން، މިވަގުތު ރާއްޖެއަށް ޗައިނާ މީހުން ޒިޔާރަތް ކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް ބުނެ، އެޤައުމުން މީހުން ރާއްޖެއަށް ނާންނަން އަންގާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ.

މިދިޔަ މަހުގެ ފަސް ވަނަ ދުވަހު، ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނެއް ކަމަށްވާ ގެން ޝުއާން، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ރާއްޖެ ދަތުރު ކުރަން ތައްޔާރުވެގެން ތިބި ޗައިނާގެ ރައްޔިތުންނަށް އެޤައުމުން ލަފާ ދެނީ ރާއްޖެއަށް ހަމަޖެހުން ލިބެންދެން ދަތުރު ލަސް ކުރަން ކަމަށެވެ.

ނަމަވެސް ޗައިނާއިން ކުރިން ނެރެފައިވާ ޓްރެވެލް އެޑްވައިޒަރީ ލުއި ކޮށްފައިވާ ކަމަށް އެޤައުމުގެ އެޖެންޓުން އަންގާފައިވާ ކަމަށް، ނަން ހާމަ ނުކުރުމަށް އެދި ރާއްޖޭގެ މަޝްހޫރު ޓްރެވެލް އެޖެންޓެއް މިއަދު ވަނީ ބުނެފައެވެ.

"ލުއިތަކެއް ދީފައިވާ ކަމަށް ޗައިނާގެ އެޖެންޣުން ވެސް ވަނީ އަންގާފަ. އެކަމަކު ރަސްމީކޮށް އަދި އިއުލާނެއް ނުކުރޭ" ޓްރެވެލް އެޖެންޓު ބުނެފައިވެއެވެ.

މިއަދު އޮންލައިން