ބޭރުގެ ފަރާތްތަކުން ރާއްޖެ އައިސް ސްޕްރީމް ކޯޓަށް ލިބޭ ބާރު އޮޅުންފިލުވަން ޕީޕީއެމުން ގޮވާލައިފިއެވެ.
ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނައިބް ރައީސް ޢަބްދުއްރަހީމް (އަދުރޭ) ވިދާޅުވީ ފެބްރުއަރީ 1 ގައި ސްޕްރީމް ކޯޓުން ނެރުނު އަމުރު ސްޕްރީމް ކޯޓުން ބާޠިލު ކުރަމުން ގެންގޮސް ހުރިހާ ކަމެއް މިހާރު ވަނީ އުވާލައިފައި ކަމަށާއި 12 މެންބަރުންެގެ މައްސަލަ ވަނީ ލަސްކޮށްފައި ކަމަށްވާތީ އެއަމުރާއި ގުޅިގެން އަމަލުކުރަންޖެހޭ ކަމެއް މިހާރު ނެތް ކަމަށެވެ.
އަދުރޭ ވިދާޅުވީ ފަނޑިޔާރުންގެ ޤާނޫނަށް މިހާރުން މިހާރަށް ބަދަލުކުރަންޖެހޭ ކަމަށާއި އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު އާއި ފަނޑިޔާރު ޢަލީ ހަމީދު މިހާރުން މިހާރަށް ވަކިކުރަންޖެހޭ ކަމަށެވެ.
އެހެންކަމުން އެކަމުގައި ގޮތެއް ނިންމުމަށް ވީހައި އަވަހަކަށް ޖޭއެސްސީ އިން އެމައްސަލަ މަޖިލީހަށް ފޮނުވައިދޭން އެބަޖެހޭ ކަމަށެވެ.