ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢަބްދުއްރަޙީމް ވިދާޅުވީ ކުރިން އެންގުމަކާއި ނުލައި އެއްވެ އުޅެވޭނެ ތަންތަން ޤާނޫނުގައި ވަނީ ބަޔާންވެގެން ކަމަށާއި އަލިމަސް ކާނިވަލަށް އެއް ނުވަނީ އެތަން ފަޅު ފިލާވަރަށް މީހުން ނުދާނެތީ ކަމަށެވެ.
ފުނަދޫ ރައްކުރިއަރުވާ ކޮމިޓީއަށް ކުރިމަތިލުމުން ނުހޮވިހުއްޓާ ރައީސް މައުމޫން ރައްޔިތުންނަށް އާދޭސްކޮށްގެން މަޖިލީހަށް ހޮވިފައިވާ ޢަބްދުއްރަޙީމް ވިދާޅުވީ އަމިއްލަ ރަށުން 80 ވޯޓު ނުލިބޭ މީހުން ކުނޫޒުގައި ކޮމާންޑް ސެންޓަރެއް ހަދައިގެން ވާހަކަ ދައްކަނީ ޤާސިމް އިބްރާހީމްގެ ވަޒީފާގައި ތިބުމުން އެކަން ކުރަންޖެހޭތީ ކަމަށެވެ. ނަމަވެސް ޕްރެސް ކޮންފަރަންސް ފަށަމުން ޢަބްދުއްރަޙީމް ބުނީ ޤާސިމް އިބްރާހީމް މިހާރު އިދިކޮޅު ފަރާތްތަކާއި ދުރަށް ޖެހިވަޑައިގަންވައިފި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. މިވާހަކަ ވިދާޅުވުމުގެ ކުރިން ސިޔާސީ ބޭފުޅުންނާއި ގުޅިވައިގެން ދޮގުހަދައި ފިތުނަ އުފައްދަން ހެޔޮ ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.