އެމްޑީޕީ ސަރުކާރުން ޤާސިމް ވަކިވެވަޑައިގެންނެވި ސަބަބު ޤާސިމް ވިދާޅުވި ގޮތަށް ސާބިތުވޭ: އަދުރޭ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
އެމްޑީޕީ ސަރުކާރުން ޤާސިމް ވަކިވެވަޑައިގެންނެވި ސަބަބު ޤާސިމް ވިދާޅުވި ގޮތަށް ސާބިތުވޭ: އަދުރޭ
އެމްޑީޕީ ސަރުކާރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވަކިވެވަޑައިގެންނެވި ސަބަބު ޤާސިމް އިބްރާހީމް ވިދާޅުވާ ގޮތަށް ސާބިތުވާ ކަމަށް ޕީޕީއެމްގެ ނައިބް ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢަބްދުއްރަޙީމް ވިދާޅުވީ ޕީޕީއެމްގެ ސަރުކާރުން ޤާސިމް އިބްރާހީމް ވަކިވެވަޑައިގެންނެވި ސަބަބެއް ކަމަށް އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ޤާނޫނާއި ޚިލާފަށް ގިނަ ކަންތައްތަކެއް ކުރަމުން ގެންދިއުން ކަމަށެވެ. އެކަން އެގޮތަށް ހިނގާފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.

މިސަރުކާރުން ޤާސިމް އިބްރާހީމް ވަކިވެވަޑައިގެންނެވި ސަބަބެއް ކަމަށް ޢަދުރޭ ވިދާޅުވީ "އަމިއްލައެދުން" ބޮޑުވުމެވެ.

އަބްދުއްރަހީމް މިމޭރުމުން ވިދާޅުވި ނަމަވެސް ޤާސިމް އިބްރާހީމް މިސަރުކާރުން ވަކިވެވަޑައިގެންފައެއް ނުވެއެވެ. ޖުމްހޫރީ ޕާޓީ އާއި ޤާސިމް އިބްރާހީމް މިސަރުކާރުގެތެރެއިން ބޭރުކޮށްލީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ޤާސިމް އިބްރާހީމް ކުރިމަތިލެއްވެވުމުންނާއި މިސަރުކާރުން ޤާނޫނު އަސާސީ އިން ބޭރުން ކަންތައްތައް ކުރަން ފެށުމުން އެކަންކަން ޤާނޫނު އަސާސީގެ އިމުގެ ތެރެއިން ކުރަން ޤާސިމް އިބްރާހީމް ސަރުކާރަށް ގޮވާލައްވަން ފެށްޓެވުމުންނެވެ.

މިއަދުގެ ޕްރެސްގައިވެސް ވަނީ ޤާސިމް އިބްރާހީމް މިސަރުކާރާއި ގުޅިވަޑައިގަތީ އެމަނިކުފާނު ބޭނުންފުޅުވެވަޑައިގެން ކަމަށް ދައްކަން މަސައްކަތްކޮށްފައެވެ. ނަމަވެސް ޤާސިމް އިބްރާހީމް މިސަރުކާރާއި ގުޅިވަޑައިގަތީ ޕީޕީއެމުން ފޮނުވި ބައަކު ޤާސިމް އިބްރާހީމްގެ އަމިއްލަފުޅު ގެކޮޅު، އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދަވާ މ. މާފަންނުވިލާއަށް ވަދެ ނުނުކުމެ ތިބެ ތަކުރާރުކޮށް އާދޭސްކުރުމުންނެވެ.

ޤާސިމް އިބްރާހީމް ޖަރުމަނު ވިލާތުގައި ހުންނެވީ ޖަރުމަނު ސަރުކާރުގެ ނުރުހުމުގައިކަން ދައްކަންވެސް މިއަދުގެ ޕްރެސް ކޮންފަރެންސްގައި ވަނީ ވާހަކަ ދައްކައިފައެވެ.

ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާން ބުނީ އައިޓީބީ ފެއާއަށް ދާން ދިވެހިން އެދުމުން ވިސާ ދިނުމަށް ޖަރުމަނުން ދެކޮޅު ހަދަމުން އަންނަ ކަމަށާއި ސަބަބެއް ކަމަށް ބުނަނީ ދިވެހިން ޖަރުމަނަށް ގޮސް އެ ޤައުމުން ނުފައިބައި ތިބޭތީ ކަމަށެވެ. އަދި އެގޮތަށް ޖަރުމަނުގައި ހުރި ދިވެއްސަކީ ޤާސިމް އިބްރާހީމް ކަމަށެވެ.

މިއީ ނިހާން ކަނޑައެޅިގެން ހެދި ބޮޑެތި ދޮގުތަކެއްކަން މިހާރުވެސް ވަނީ ސާބިތުވެފައެވެ. ވިލާ ގްރޫޕުގެ ރިސޯޓުތަކަށް ސަރުކާރުން އަރައިގަތުމާއި ގުޅިގެން ޖަރުމަނުވިލާތުން އެކަން ކުށްވެރިކޮށް ސަރުކާރަށް އަދަބު ދީފައި ވުމުން ޖަރުމަނު ވިލާތުގެ ސަރުކާރުން ޤާސިމް އިބްރާހީމް އަށް ކުރާ ތާއީދާއި އިތުބާރު ހާމަވެގެންދާތީއެވެ. އަދި ޤާސިމް އިބްރާހީމް އޭޑީކޭގެ އައިސީޔޫގައި އޮންނެވިއިރު އެމަނިކުފާނުގެ ޙާލުކޮޅު އެންމެ ގާތުން ބެއްލެވި އެއް ބޭފުޅަކީ ރާއްޖެއަށް ޖަރުމަންވިލާތުން ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ކަމަށްވާތީއެވެ.
މިއަދު އޮންލައިން