އައްޑޫ މީދޫގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ

ކިޔުމަށް ހޭދަވާނީ 24ސ
އައްޑޫ މީދޫގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ
އައްޑުސިޓީ މީދޫގައި މިއަދު ހަވީރު ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

މިއެކްސިޑެންޓު ހިނގާފައިވަނީ މީދޫ ފެންނާ މަގުގައެވެ. އަދި އަނިޔާވެފައިވަނީ މީދޫ ޕެރިސް އަބްދުﷲ އިބްރާހިމް ދީދީ އަށް ކަމަށް މައުލޫމާތު ލިބެއެވެ.

މޫނަށް ލިބިފައިވާ ސީރިއަސް އަނިޔާތަކަކާއިއެކު، މިއަދު ހަވީރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދެވި އަބްދުﷲ އިބްރާހިމް ދީދީއަށް ދަނީ ފަރުވާ ދެމުންނެވެ.

މިއަދު އޮންލައިން