އެމްއެންޑީއެފް އިން ބުނިގޮތުގައި މިއަދު ހަވީރު 16:00 ހާއިރުން ފެށިގެން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ވާރޭ ވެހުމުގެ ސަބަބުން ވަނީ މަގުތަކުގައި ފެންބޮޑުވެފައެވެ.
ސ. ހިތަދޫގެ ބައެއް ގޭގެއަށާއި މިސްކިތް އަދި އެހެންވެސް ބައެއް ތަންތަނަށް ފެންވަދެފައިވާތީ ޕަންޕު ބޭނުން ކޮށްގެން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ސ. ހިތަދޫ ފަޔަރ ސްޓޭޝަނުން ދަނީ ކުރަމުން ކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ.
އޭގެއިތުރުން ގޭގެއަށް ފެން ވަނުން ހުއްޓުވުމަށްޓަކައި ވެލި ބަސްތާވެސް ދަނީ ޖަހަމުންނެވެ.