އައްޑޫ ލިންކް ރޯޑުގައި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ

ކިޔުމަށް ހޭދަވާނީ 48ސ
އައްޑޫ ލިންކް ރޯޑުގައި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ
އައްޑޫ ސިޓީ ލިންކު ރޯޑުގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެއެވެ.

އައްޑު ލިންކު ރޯޑުން ހިތަދޫގައި ހުންނަ ކުނިކޮށި ކައިރިން ކާރަކާއި ސައިކަލެއް ޖެހި ހިނގި މިނުރައްކާތެރި އެކްސިޑެންޓުގައި މަރުވީ ސ. ހިތަދޫ/ ނޫމުގުރުމާގޭ މުހައްމަދު ރަޝްމު (29އ.) އެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި، އެހޮސްޕިޓަލަށް ރަޝްމު ގެންދެވުން އިރުވެސް އޭނާގެ ފުރާނައެއް ނެތެވެ.

މިއެކްސިިޑެންޓު ހިނގިއިރު އޭނާ އިނީ ސައިކަލު ދުއްވަން ކަމަށާއި، އެކްސިޑެންޓުގައި އޭނާގެ ހަށިގަނޑުގެ ބައިބައިތައް ބިންދައިގެން ގޮސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް މަންޒަރު ފެނުން ބައެއް ފަރާތްތަކުން މައުލޫމާތު ދީފައިވެއެވެ. އަދި އެކްސިޑެންޓުގައި ކާރުގައި ތިބި ތިން މީހުންނަށް ވެސް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގިސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެކްސިޑެންޓުގައި ޖެހުނު ކާރާއި ސައިކަލުވެސް ވަރަށް ބޮޑަށް ހަލާކުވެފައިވެއެވެ.

މިއަދު އޮންލައިން