އައްޑޫ ސިޓީ ލިންކު ރޯޑުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ ސަބަބުން މީހެއްގެ ފުރާނަދިޔަ މައްސަލައާއި ގުޅިގެން އެއެކްސިޑެންޓުވި ކާރު ދުއްވަން އިން މީހާ ހައްޔަރު ކޮށްފިއެވެ.
ސައިކަލަކާއި ކާރަކާއި ޖެހި ހިނގި މިއެކްސިޑެންޓުގައި ޒަޚަމްވި ސ. ހިތަދޫ ނޫމުގުމާގޭ މުޙައްމަދު ރަމްޝް ރިޔާޒް (29އ.) ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައެވެ. މިއެކްސިޑެންޓު ހިނގާފައިވަނީ ރޭ 19:00 ހާއިރުއެވެ.
މިއެކްސިޑެންޓުގެ ސަބަބުން ރަމްޝުގެ ހަށިގަނޑުގެ ބައިތައްވަނީ ޗިސްޗިސް ވެފައެވެ.
މިމައްސަލައާއި ގުޅިގެން އުމުރުން 33 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ މިއެކްސިޑެންޓުވީއިރު ކާރު ދުއްވަން އިން މީހާއެވެ.
އައްޑޫ ސިޓީ މަރަދޫ ކޯޓުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވެއެވެ.