އެފަދަ ކަމެއް ތަކުރާރު ކޮށްފިނަމަ މައްސަލަ ހައިކޯޓަށް ހުށަހަޅާނެ ކަމަށް އެލްޖީއޭ އިން ބުނެފައިވެއެވެ.
ހައިކޯޓަށް މައްސަލަ ހުށަހަޅާ އުވާލާނެ ކަމަށް އެލްޖީއޭ އިން އިންޒާރު ދީފައިވަނީ އައްޑޫ ސިޓީ ކައުންސިލާއި ބ. ތުޅާދޫ ކައުންސިލާއި ބ. ކަމަދޫ ކައުންސިލާއި ހއ. ދިއްދޫ ކައުންސިލާއި ލ. އިސްދޫ ކައުންސިލުގެ އިތުރުން ލ. މާމެންދޫ ކައުންސިލަށެވެ.
އެލްޖީއޭ އިން އައްޑޫ ސިޓީ ކައުންސިލް އުވާލަން ހައިކޯޓަށް މައްސަލަ ހުށަހަނޅާނެ ކަމުގެ އިންޒާރު ދިނީ ސިޔާސީ ފަރާތްތައް ދޫކޮށްލުމަށާއި މިދިޔަ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލާ އެކައުންސިލްތަކުން ނެރުނު ގަރާރަކާ ގުޅިގެންނެވެ.
އެފަދަ ކަމެއް ތަކުރާރު ކޮށްފިނަމަ މައްސަލަ ހައިކޯޓަށް ހުށަހަޅާނެ ކަމަށް އެލްޖީއޭ އިން ބުނެފައިވެއެވެ.